Thursday, February 25, 2010

މީހުން އުޅޭ ރަށްރަށުގައި ބްރާ ވިއްކުމުގެ ހުއްދަ ދީފި

އާދިލް ސުލޭމާން އަކީ ސްޓޭޓް މިނިސްޓަރު އިކޮނޮމިކް ޑިވެލޮޕްމެންޓު. އާދިލް ސުލޭމާން ދިވެހިރާށްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބްރާ ވިށްކުމުގެ ހުއްދަ ދީފި. މާރިޔާގެ ކުރީގެ ފިރިމީހާ ސައްތާރު މާލޭގައި ވިކްޓޯރިޔާސް ސީކްރެޓް ބްރާ ފިހާރަ ހުޅުވަން ތަށްޔާރުވެއްޖެ. މީހުން ދިރިއުޅޭ ރަށްރަށުގަ ބްރާ ވިއްކުމާ ދެކޮޅައް އަދާލަތު ޕާޓީން މުޒާހަރާއެއް ރާވައިފި. އިކޮނޮމިކް މިނިސްޓަރު ތެޔޮދަމައިދޭ ރަޝީދުގެ ގެކޮޅު ކުރިމަތީ އާންމުންގެ ބަޔަކު ނުރުހުން ފާޅުކޮށްފި. ރީކޯ މޫސަގެ ކާރުގެ ޑިކީން 168 ބްރާ ފުލުހުން ހޯދައިފި. މީގެ ތެރޭ ހިމެނެނީ މާލޭގައި އާންމުކޮށް ނުގެންގުޅޭ ޒާތުގެ ބްރާކަމައް ފުލުހުން ވިދާޅުވޭ. ބްރާ ވިއްކުމާ ބެހޭ ގަވާއިދު ގެޒެޓް ނުކުރާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ. ރީކޯ މޫސަގެ ކާރުން ފެނުނު ބްރާތަކާ މޫސައާއި ގުޅުމެއް ނުވާ ކަމަށާ މޫސަ ބްރާ ނާޅާނެ ކަމުގެ ޔަގީންކަން އޮތް ކަމައް ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ ޖުހާ ވިދާޅުވެއްޖެ.

No comments: